ޚަބަރު

މޯލްޑިވްސް ކޮމްޕިއުޓަރ ސޮސައިޓީގެ ފުރަތަމަ ބައްދަލުވުން

Maldives Computer Society - First Meeting

މޯލްޑިވްސް ކޮމްޕިއުޓަރ ސޮސައިޓީގެ ފުރަތަމަ ބައްދަލުވުން ރޭ ބާއްވައިފިއެވެ. “އެމް.ސީ.އެސް” އަކީ ދިވެހިރާއްޖޭގައި އިންފޮރމޭޝަން އަދި ކޮމިޔުނިކޭޝަން ޓެކްނޮލޮޖީގެ ދާއިރާގައި މަސައްކަތް ކުރަމުން ގެންދާ ޕްރޮފެޝަނަލް މީހުންގެ ޖަމްއިއްޔާއެވެ. އެމް.ސީ.އެސް ގެ މަގްސަދަކީ: ކޮމްޕިއިޓިންގ އަދި އިންފޮރމޭޝަން ޓެކްނޮލޮޖީގެ ދާއިރާ ދިވެހިރާއްޖޭގައި ކުރިއަރުވާ ތަރައްގީ ކުރުމާއި، ސަރުކާރާއި، ވިޔަފާރިތަކާއި، މިދާއިރާގައި މަސައްކަތް ކުރާ ދިވެހި ރައްޔިތުންނަށާއި، މިޖަމްއިއްޔާގެ މެމްބަރުންނަށް، ކުރިއެރުމާއި، ލަފަޔާއި އެހީތެރިކަން ފޯރު ކޮއްދިނުމެވެ.  މި ބައަދަލުވުން ބޭއްވިފައިވަނީ …

އިތުރައް ވިދާޅުވޭ »

ޕްރިންސް ހެރީ ބޭނުންވެވަޑައިގަންނަވަނީ ސާހީ ޢާއިލާއިން ބޭރަށްވަޑައިގަތުމަށް

Prince Harry

ޕްރިންސް ހެރީ އިނގިރޭސި ސާހީ ޢާއިލާގެ މެމްބަރެއްގެ ގޮތުގައި ހުންނެވުމަށް ބޭނުންވެވަޑައިނުގަންނަވައެވެ. އަދި ސާހީ ޢާއިލާއަކީ ޕްރިންސް ހެރީ ޤަބޫލުފުޅުކުރައްވާ ކަމެއްވެސް ނޫނެވެ. އެހެންކަމުން އެބޭފުޅާ ބޭނުންފުޅުވެ ވަޑައިގަންނަވަނީ ސާހީ ޢާއިލާއިން ބޭރަށް ވަޑައިގަންނަވާށެވެ. ޕްރިންސް ހެރީގެ ލަޤަބުފުޅު ދޫކޮށްލެއްވުމަށް ވިސްނާވަޑައިގެންނެވުމަށް ނިންމަވަމުން އެންމެފަހުން ވިދާޅުވެވަޑައިގެންފައިވަނީ “މިއީ އަޅުގަނޑު އަމިއްލައަށް މަސައްކަތް ކުރެއްވުމުގެ ދައުރު” ކަމުގައެވެ. އިނގިރޭސި ތަޚްތާއި ފަސްވަނައަށް އެންމެ ގާތް ބޭފުޅާ، ޕްރިންސް ހެރީ ޔޫކޭ ޑެއިލީ …

އިތުރައް ވިދާޅުވޭ »

ޢީދު ޗުއްޓީއަށްފަހު ސްކޫލްތަކާއި އޮފީސްތައް ހުޅުވައިފި

Schools Reopen after break

މިއަހަރުގެ ފިޠްރު ޢީދު ޗުއްޓީއަށްފަހު ސްކޫލްތަކާއި އޮފީސްތައް މިއަދު ހުޅުވައިފިއެވެ. ފުރަތަމަ ޓާރމްގެ އިމްތިޙާނަށްފަހު ބައެއް ސްކޫލްތަކުގެ ކިޔެވުން މެދުކަނޑާލާފައިވަނިކޮށް މިނިސްޓރީ އޮފް އެޑިޔުކޭޝަނުން އަންގަވައިގެން 18 ޖޫންގައި ސްކޫލްތަކުގެ ކިޔެވުން އަލުން ކުރިޔަށް ގެންދެވުމަށްފަހު ޓާރމް ބަންދަށް ސްކޫލްތަށް 19 ޖޫން ވީ ބުރާސްފަތި ދުވަހު ދެއްވާފައެވެ. އެހެންކަމުން ދަރިވަރުންގެ ކިޔެވުން މި ފެށުނީ 13 ވަރަކަށް ދުވަހުގެ މެދުކެނޑުމަކަށްފަހުގައެވެ. އަދި އޮފީސްތައް މި ހުޅުވުނީ 22 ޖޫން …

އިތުރައް ވިދާޅުވޭ »

ޢީދު ތަހުނިޔާ – އުތީމު އާދަމްބެ

Eid Mubarik Poem by Adam Abdul Rahman

ދަތުރު ރޫޙާނީ ނިމުނު އައްސޭރިއަށް ފެތުރީ ހިޔާ ފިތުރުޢީދުގެ ހާ އުފާވެރި ރުކުރުވާ ހެޔޮ ތަހުނިޔާ  ފަރިވިހާ މާމަލުގެ ވަސް ފަތުރާލި ޢީދީ ހުވަދުގައި  ތަރިތަކުން ބަބުޅާ ވިދާ އަލި މަސްރަޙެއްގައި ތަހުނިޔާ އެންމެހައި އަޙުނާއި އުޙުތުން އަރިއަހަށް މާތް މުސްލިމީ  ދެންނެވޭ މީ ލޯބިވެތި ރާގުން މި ޢިދުގެ ތަހުނިޔާ  ވޭތުވީ މޫސުމްގެ ބަރަކާތުން  ދިރުން އީމާނުގައި ހޭދަވުން އެދި ކުރިމަގަށް އުއްމީދު ގައި ކީ ތަހުނިޔާ  01 …

އިތުރައް ވިދާޅުވޭ »

މާދަމާއަކީ 1438 ވަނަ އަހަރުގެ ފިތުރު އީދު ދުވަސް

މާދަމާއަކީ 1438(ހ) ވަނަ އަހަރުގެ ފިތުރު އީދު ދުވަސް އަދި ޝައްވާލް މަހުގެ 1 ވަނަ ދުވަސް ކަމުގައި ކަނޑައަޅައިފިއެވެ.  މި ފުރުސަތުގައި ދިވެހި ހުރިހާ ރައްޔިތުންނަށް ފިތުރު އީދު ދުވަހުގެ އެޔޮ އެދުމާއި ތަހުނިޔާ ފޮނުވަމެވެ. އެހެން އަހަރު ތަކެކޭ އެއްފަދައިން ރާއްޖޭގެ ހުރިހާ ރަށްރަށެއްގައިވެސް ހެނދުނު 7:30 ގައި އީދު ނަމާދު ކުރުން އޮންނާނެއެވެ. އަދި މޫސުން ތަންދޭނަމަ ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުން މާލޭގެ މައްޗަންގޮޅީ …

އިތުރައް ވިދާޅުވޭ »

ދެ ޖަރުމަނު އެއްކޮށްލެއްވި ހިއްވަރުގަދަ ޗާންސެލަރ ހެލްމަޓް ކޯލް އަވަހާރަވެއްޖެ

ދެ ޖަރުމަނު އެއްކޮށްލެއްވި, އަދި ޔޫރޯ ޒޯން އުފެއްދެވި ޖަރުމަނުވިލާތުގެ ކުރީގެ މުސްތަޝާރު ހެލްމަޓް ކޯލް, ޢުމުރުފުޅުން 87 އަހަރުގައި އަވަހާރަވެއްޖެއެވެ. ޖަރުމަނުގެ ބިލްޑް ނޫހުން ޚަބަރުދޭ ގޮތުގައި އޭނާ އަވަހާރަވީ އޭނާ އުފަންވެ ވަޑައިގެންނެވި ރަށް ކަމުގައިވާ ލުޑްވިސާފެންގައި ހުންނަ އޭނާގެ އަމިއްލަފުޅު ގޭގައި ހުކުރު ދުވަހުގައެވެ. ކޯލްއަކީ ޔޫރަޕްގެ ސިޔާސީ މަސްރަހުގައި ދެވަނައެއްނެތްފަދަ ވަރުގަދަ ޝަހުޝިއްޔަތެކެވެ. އަދި ވިހިވަނަ ޤަރުނުގެ ފަހުބައިގައި ޖަރުމަންގެ ޗާންސެލަރގެ ގޮތުގައި 16 …

އިތުރައް ވިދާޅުވޭ »

ކުދި ވިޔަފާރިތަކުގެ ޖޫރިމަނާ މަޢާފްކޮށްދިނުމަށް ހުޅުވާލެވުނު ފުރުސަތުގެ މުއްދަތު ހަމަވަނީ

މިއުސޫލަކީ ކުދި ވިޔަފާރިތަކަށް ލުއިދިނުމުގެ ގޮތުން 10 މިލިއަނަށްވުރެ މަދުން އަހަރެއްގެތެރޭގައި ޢާމްދަނީލިބޭ ފަރާތްތަކުގެ ޖޫރިމަނާ މަޢާފުކޮށްދިނުމުގައި އަމަލުކުރާ ޚާއްސަ އުސޫލެކެވެ. ޖޫރިމަނާ މަޢާފުކޮށްދިނުމަށް އެދުމުގެ އެންމެ ފަހު ތާރީޙަކީ 30 ޖޫން 2017 އެވެ. އަދި ހުށަހަޅަން ޖެހެނީ 910 ނަމްބަރު ފޯމެވެ. ނަމަވެސް މި ޖޫން މަހުގެ ފަހު ހަފުތާއަކީ ސަރުކާރު ބަންދު ހަފުތާއެއްކަމަށް ވުމުން ފޯމް ހުށަހެޅުމުގެ އަމަލީ ފަހު ތާރީޙަކީ 22 ޖުން 2017 …

އިތުރައް ވިދާޅުވޭ »

މައިކްރޮސޮފްޓް އޮފީސް ފުރަތަމަ ފަހަރަށް ވިންޑޯސް ސްޓޯގައި

މައިކްރޯސޮފްޓުން ފުރަތަމަ ފަހަރަށް ” މައިކްރޯސޮފްޓް އޮފީސް އެޕްލިކޭޝަން” ވިންޑޯސް ސްޓޯގައި ތަޢާރަފުކޮށްފިއެވެ. މިއެޕްލިކޭޝަން ތަޢާރަފުކުރުމުގެ ކުރިން މައިކްރޯސޮފްޓުންވަނީ “މައިކްރޯސޮފްޓް ސާފޭސް ލެޕްޓޮޕް” އަދި “ސާފޭސް ޕްރޯ ޓޭބްލެޓް” ބާޒާރަށް ނެރިފައެވެ. “މައިކްރޯސޮފްޓް އޮފީސް އެޕްލިކޭޝަން” މިވަގުތު ބޭނުން ކުރެވޭނީ ހަމައެކަނި “ވިންޑޯސް 10 އެސް” އޮޕަރޭޓިން ސިސްޓަމުގައެވެ. މި އޮޕަރޭޓިން ސިސްޓަމުގައި ބޭނުން ކުރެވޭނީ ހަމައެކަނި މައިކްރޯސޮފްޓްގެ ރަސްމީ ވެބްސައިޓްގައިވާ ސޮފްޓުވެއާތަށްކަން ފާހަގަކުރަމެވެ. މީގެ އިތުރުން “މައިކްރޯސޮފްޓް ސާފޭސް …

އިތުރައް ވިދާޅުވޭ »

2016 ވަނަ އަހަރުގެ ބީ.ޕީ.ޓީ ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުމުގެ ސުންގަޑި ފަސްކޮއްފި

2016 ވަނަ އަހަރުގެ ބީ.ޕީ.ޓީ ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުމުގެ ސުންގަޑި 16 ޖުލައި 2017 ވާ އާދިއްތަ ދުވަހުގެ ނިޔަލައް ފަސްކޮއްފިއެވެ. އަދި ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނުގެ ބޭނުމަށް ކުންފުނިތަކުގެ 2016 ވަނަ އަހަރުގެ އަހަރީ ހިސާބު ތަކާއި ، ޑައިރެކްޓަރުންގެ ރިޕޯޓާއި ، އޮޑިޓަރުންގެ ރިޕޯޓު ހުށަހަޅަންޖެހޭ ސުންގަޑިވެސް ވަނީ 16 ޖުލައި 2017 އަށް ފަސްކުރެވިފައެވެ. މީރާ އިން މިގޮތައް ނިންމަވާފައިވަނީ، އީދު ބަންދުގެ ދުވަސް …

އިތުރައް ވިދާޅުވޭ »

އިންސާނެއްގެ ބޯ ފުރަތަމަ ފަހަރަށް ބަދަލުކުރަނީ

މިވާހަކަ އަޑުއިވުުން މިއީ ބިރުވެރި ވާހަކައެއް ނުވަތަ ފިލްމެއްގެ މަންޒަރެއް ކަަމަށް ތިޔަބޭފުޅުންނަށް ހީވެދާނެއެވެ. ނަމަވެސް މިއީ ހަޤީގަތެކެވެ. ދުނިޔޭގައި ފުރަތަމަ ފަހަރަށް އިންސާނެއްގެ ބޯ ޓްރާންސްޕްލާންޓްކުރުން ނުވަތަ ބަދަލުކުރުން މިއަހަރު ތެރޭގައި ކުރިޔަށްދާނެއެވެ. އިޓަލީގެ ނިއުރޯސައިންޓިސްޓެއްކަމަށްވާ ސާޖިއޯ ކެނެވޭރޯ އިޢްލާން ކުރެއްވިގޮތުގައި މި މަސައްކަތް 2013 ވަނަ އަހަރުންފެށިގެންވަނީ ރާވާފައެވެ. އަދި އެކަމަށްޓަކައިި ޗައިނާގެ އޮޕަރޭޝަން ޑޮކްޓަރެއް ކަނެވޭރޯއަށް އެހީތެރިއެއްގެ ގޮތުގައި މަސައްކަތްކުރެއްވުމަށްވަނީ ހަމަޖެހިފައެވެ. ބޯ ބަދަލުކުރުމަށް ރަޝިއާގެ …

އިތުރައް ވިދާޅުވޭ »