السبت , 27 نوفمبر 2021

ށ . ނަރުދޫގައިހުރި ބައިގަރުނަށްވުރެ ގިނަދުވަސް ވެފައިވާ ބޮޑުނިކަގަސް ވެއްޓިއްޖެ

ރޭގައި ރާއްޖެއަށް ކުރި ގަދަ ވިއްސާރައިގައި ށ. އަތޮޅު ނަރުދޫއަށް ވަރަށް ބޮޑެތި ގެއްލުން ތަކެއް ވަނީ ލިބިފައެވެ. މިގޮތުން 50 އަހަރަށް ވުރެ ގިނަދުވަސް ވެފައިވާ އެރަށުގެ އެންމެ ބޮޑު ނިކަގަސް ވަނީ ވެއްޓިފައެވެ. މިގަހަކީ އީޕީއޭއިން ޙިމާޔަތް ކުރެވިފައިވާ ގަސްތަކުގެތެރެއިން ގަހެކެވެ. އެރަށުގެ ފަރާތުން އެގަސް ނެގުމަށް އީޕީއޭ ގައި އެދުމުން ވެސް ހުއްދަނުލިބިގެން އެގަސް ވަނީ ނުނެގިފައެވެ.

ތާރީޚުން އެނގިފައިވާ ގޮތުގައި ށ.ނަރުދޫއަކީ އެންމެ ގިނައިން ނިކަގަސް ހެދިފައިވާ ރަށެކެވެ. ނަމަވެސް 1970 އަހަރުތަކުގައި ގެތަށް އިމާރާތް ކުރުމަށް ބޭނުންވާ އުވަދެވުމަށް ވަނީ ވަރަށް ގިނަ ނިކަގަސް ތައް ކަނޑާފައެވެ. ރޭގެ މެންދަމު ފަހުގެ ވަގުތެއްގައި އެގަސް ވެއްޓިފައިވަނީ އެރަށުގެ 4 އަނގޮޅިއެއްގެ މަށްޗަށެވެ. މިކަމުގެ ސަބަބުން 4 މަގެއް ވަނީ މިވަގުތު ބަންދުވެފައެވެ. މިގަހަކީ އެރަށުގައި މީހުން އާބާދުވަމުން އަންނަ ސަރަހައްދުގައި ހުރި ގަހެކެވެ. މީހުން ދިރިއުޅުމަށް ދޫކުރެވިފައިވާ ގޯތިތަކާ 50 ފޫޓް ދުރުގައި ހުރި މިގަހުގެ އެއްބައި، އެރަށުގައި އަލަށް ހަދާފައިވާ ބޮޑު މަގެއް ކަމުގައިވާ މޭނާ މަގަށްވެސް އަރާފައިވެއެވެ. މިގަހަކީ ނަރުދޫގެ ޗާލު މަލަމަތިީގެ އެންމެ ހައިބަތުހުރި އެންމެ ދުރަށް ފެންނަން ހުރި ގަހެވެ.

އިތުރު ލިޔުން

Research Paper Writers

If you are in the process of composing your own research paper, you would need …

اترك تعليقاً

لن يتم نشر عنوان بريدك الإلكتروني. الحقول الإلزامية مشار إليها بـ *