الثلاثاء , 26 أكتوبر 2021

އަހަރެންނާ ދުރަށް ދާށޭ

އާދަމް ޙުސައިންފުޅު (އާޙުރަތް)2013
——————————————————————–
• އަހަރެންނާ ދުރަށް ދާށޭ!
• އަހަރެންނާ ދުރަށްދާށެވެ.
• ޢާދޭސްކޮށްފައި ބުނަމެވެ. މުޅި ޢުމުރަށެވެ.
• ތިޔަ ތަޖްރިބާއިން ލިބުނީ ކޮން އުފަލެއް ހެއްޔެވެ؟
• ވޭނާއި ރިހުމެވެ. ހިތިކަމާއި ގިތިކަމެވެ.
• ހުދު ކާފޫރުކޮޅެއް ފަދަ އަހުރަވެތި ރަންކޮޅާއެވެ.
• ހިތި ކަނޑޫވެލެއްގެ ބުޑަށް މާމުއި އެޅިޔަސް އޭގެގައި އަޅާ އެއްޗެއް ފޮނިވާނެ ހެއްޔެވެ؟ އަހަރެންނާ ގާތްނުވާށެވެ.

• އަމިއްލަ ނަފުސަށް ތިޔަވަނީ އަނިޔާއެވެ.
• ކަމަނާގެ ޢުމުރު ކުރުވެދާނެއެވެ.
• ލިބިފައިވާ އަލިކަން ފިލައި ދުނިޔެ ބަނަވެދާނެއެވެ.
• އަހަރެން މި ދުނިޔޭގައި ވިޔަ ދޭށެވެ.
• އަހަރެންނާ ގުޅުމެއް ނުބާއްވާހައި ހިނދަކު……
• ތިބާގެ ދުޅާހެޔޮކަން އިތުރުވާނެއެވެ.
• ރޮއި އާދޭސްކޮށް ދެފައިގައި ހިފައި ބުނަމެވެ. ހެޔޮނުވާނެއެވެ. އަހަރެންނާ ދުރަށްދާށެވެ.

• ރޫހާނިއްޔަތު ވަޅުލައި ކަފުންކުރުވީ އަހަރެންނާ ހެދިއޭ ނުބުނާށެވެ.
• ދުނިޔެއިން ވަށިފޮށި ބަންނައިރު ފައިދާ ނުވުމުގެ އިލްޒާމް ނާޅުއްވާށެވެ.
• ފުދުންތެރިކަން މުލުން ލުހެލުމުގެ ސަކުވާ ވެސް މާދަމާ ނުކުރާށެވެ.
• ފުރާނަ އަތްމައްޗަށްލައި ބަލި އެނދު އިހްތިޔާރު ކުރުމުގެ ޒިންމާ މިތުރުންގެ ބޮލުގައި ނާޅުއްވާށެވެ.
• ނަފުސު ކަނޑުގެ ބިޔަ ރާޅުތަކަށް ހަވާލުނުކޮށް އަހަރެންނާ ދުރަށްދާށެވެ.

• ތިބާގެ “މޭޓުން” ތިބާ ޅޮސް އުދޯއްޔަށް ލައިފިއެވެ.
• މަސްތުކުރުވައި ބައިކުޅަދު މަދުކުރުވައިފިއެވެ.
• ޖިސްމު ހިކި އަނަރޫފް ކުރުވައިފިއެވެ.
• މުޅި މީހާ ފެލާލާފައިވާ ލުނބޯ ހުތްގަނޑަކާ އެއްފަދައެވެ.
• ތިބާ ތިޔަވަނީ ކަންނެތްކަމާއި ލޮޑުކަމުގެ ތެރޭގައެވެ.
• ހޭވެރިކަންވުމުން އަހަރެންގެ މަތިން ހަނދާން ނައްތާލާ އަހަރެންނާ ދުރަށްދާށެވެ.

• އަމިއްލަ ނަފުސަށް ރަހުމްކުރާށެވެ.
• ކުޅެދުންތެރިކަމުގެ ތެރެއަށް ނުކުޅެދުންތެރިކަން ނުވައްދާށެވެ.
• އަމިއްލައަށް ގާގައި ޅިޔަތައް އަޅާ އެ ޅިޔަތަކު މަތީ ފުޑިމިރުސް އަޅަނީ ހެއްޔެވެ.
• އަހަރެންގެ ކިބައިން މިނިވަންވެ ސަލާމަތްވާށެވެ.
• މިނިވަން ވެވޭނެއެވެ. ހިއްވަރުކުރާށެވެ. ތިޔަ ޒުވާންކަމުން ހިއްވަރު ލިބިގަންނާށެވެ.
• ތަޢުބާވާށެވެ. ވަކިން އިނދެ އަހަރެންނާ މެދު ވިސްނާލާށެވެ.
• އަހަރެން އަބަދުވެސް ތިބާއަށް ހެޔޮ އެދެމެވެ. އަވަހަށް އަހަރެންނާ ވަކިވާށެވެ. ދުރަށްދާށެވެ. އާދަމް ޙުސައިންފުޅު (އާޙުރަތް)2013

• އަހަރެން އަބަދުވެސް ތިބާއަށް ހެޔޮ އެދެމެވެ. އަވަހަށް އަހަރެންނާ ވަކިވާށެވެ. ދުރަށްދާށެވެ.

اترك تعليقاً

لن يتم نشر عنوان بريدك الإلكتروني. الحقول الإلزامية مشار إليها بـ *