الثلاثاء , 27 يوليو 2021

ރޯދަ ވީއްލުން

އިރު އޮއްސުމާއި އެކު ރޯދަ ވީއްލުމަށް އަވަސްވެގަންނަން ވާނެވެ. ރޯދަ ވިއްލުން އަވަސްކުރުމަށް ބާރުދޭ ޙަދީޘުތައް އައިސްފައިވެއެވެ. މިގޮތުން (عَنْ سَهْلِ بْنِ سَعْدٍ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : “لا يَزَالُ النَّاسُ بِخَيْرٍ مَا عَجَّلُوا الْفِطْر” رواه البخاري) މާނައީ “މާތް ﷲ ރުއްސުންލެއްވި ސަހްލު ބުނު ސަޢުދުގެ ކިބައިން ރިވާވެގެން ވެއެވެ. ސަލާމާއި ޞަލަވާތް ލެއްވި ކީރިތި ރަސޫލާ ޙަދީޘްރުރެއްވިއެވެ. “(އިރު އޮއްސުމުން) ރޯދަ ވީއްލުން އަވަސްކުރާ ހާ ހީނދަކު މީސްތަކުން ތިބޭނީހެޔޮކަމުގެ މަތީގައެވެ.” ރޯދަ ވިއްލުން އަވަސްކުރަމައްޓަކައި، އިރު އޮއްސޭ ވަޤުތަށް ސަމާލުވާން ވާނެވެ.

ކަދުރުން ރޯދަ ވީއްލުމަށް ސަމާލުވާން ވާނެވެ. ( وَعَنْ أَنَس بن مَالِكٍ قالَ: “كانَ رَسُولُ اللَّهِ ﷺ يُفْطِرُ قَبْلَ أَنْ يُصَلِّيَ عَلى رُطَبَاتٍ، فَإِنْ لَمْ تَكُنْ رُطَبَاتٌ فَتُمَيرْاتٌ، فإِنْ لمْ تَكُنْ تُميرْاتٌ حَسَا حَسَواتٍ مِنْ ماءٍ” رواه أَبو داود) މާނައީ: ” މާތް ﷲ ރުއްސުންލެއްވި އަނަސް ބުނު މާލިކު ވިދާޅުވިއެވެ. “ސަލާމާއި ޞަލަވާތް ލެއްވި ކީރިތި ރަސޫލާ (މަޣްރިބު)ނަމާދުކުރެއްވުމުގެ ކުރިން، ރުޠަބު (ރޯ ކަދުރު)ން ރޯދަ ވީއްލަވައެވެ. ރުޠަބު ލިބިވަޑައި ނުގަތް ނަމަ ތަމްރު (ހިކި ކަދުރު)ން ނެވެ.ތަމްރު ލިބިވަޑައި ނުގަތް ނަމަ،ފެނުގެ ކޯވަރުތަކަކުންނެވެ.”

اترك تعليقاً

لن يتم نشر عنوان بريدك الإلكتروني. الحقول الإلزامية مشار إليها بـ *