السبت , 27 نوفمبر 2021

ތިލަދުންމަތި އަތޮޅު.

 

“ތިލަދުންމަތި” ޙާއްސަ ވެފައިވަނީ ރާއްޖޭގެ އެންމެ އުތުރުގައިވާ އަދި ރާއްޖޭގެ އާބާދީގެ ނިސްބަތުން މީހުން ގިނަ ބޮޑު އަތޮޅެއްގެ ގޮތުގައެވެ، ތިލަދުންމަތީގެ އާބާދީގެ ބޮޑުކަމާއި ޖިއޮގްރަފީ ގޮތުން ތިލަދުންމަތި ހިމެނޭ ސަރަހައްދު ބޮޑުވުމުގެ ސަބަބުން ތިލަދުންމަތި ދެބަޔަކަށް ބައިކުރެވުނީ 21 މެއި 1958 ވީ ބުދަދުވަހުގައެވެ. އެއްބަޔަށް ކިޔަނީ ތިލަދުންމަތީ އުތުރުބުރި (ހއ. އަތޮޅު) އެވެ. އަނެއްބަޔަށް ކިޔަނީ ތިލަދުންމަތީ ދެކުނުބުރި (ހދ. އަތޮޅު) އެވެ. ހއ. އަތޮޅުގައި ވެރިކަން ކުރަނީ ދިއްދޫގައެވެ..
ތިލަދުންމަތީ އުތުރުބުރި (ހއ. އަތޮޅު).
ތިލަދުންމަތީ އުތުރުބުރީގައި މީހުން ދިރިއުޅޭ 14 ރަށާއި ފަޅުރަށުގެ ގޮތުގައި 29 ރަށް ހިމެނޭގޮތުން ޖުމްލަ 43 ރަށް އޮވެއެވެ. ހއ ގެ ގިނަ ރަށްރަށަކީ ނިސްބަތުން ބޮޑެތި ގުދުރަތީ ރީތިކަމުން ހިއްގައިމުކަން ލިބިފައިވާ ރަށްރަށެވެ. ގިނަ ރަށްރަށުގައި ގުދުރަތީ ދިރުންތަކުން ފުރިފައިވާ ކުޅިތައް ހުރެއެވެ. މި އަތޮޅުގެ މީހުންނަކީ ހިތްހެޔޮ، ސާފުތާހިރު، ޤައުމީ ޖޯޝްގައި މަސައްކަތްކުރާ ރައްޔިތުންތަކެއް ދިރިއުޅޭ އަމާން ރަށްތަކެކެވެ. މި އަތޮޅުގައި 4 ރިސޯޓް ތަރައްގީ ކުރެވިފައިވެއެވެ.
ތިލަދުންމަތީ ދެކުނުބުރި (ހދ. އަތޮޅު)

ތިލަދުންމަތީ ދެކުނުބުރީގައި މީހުން ދިރިއުޅޭ 13 ރަށާއި ފަޅުރަށުގެ ގޮތުގައި 23 ރަށް ހިމެނޭގޮތުން ޖުމްލަ 63 ރަށް އޮވެއެވެ. ހދ ގެ ގިނަ ރަށްރަށަކީ ހއ އަތޮޅުގެ ރަށްތައް ފަދައިން ނިސްބަތުން ބޮޑެތި ގުދުރަތީ ރީތިކަމުން ހިއްގައިމުކަން ލިބިފައިވާ ރަށްރަށެވެ. މި އަތޮޅުގެ މީހުންނަކީވެސް ހިތްހެޔޮ، ސާފުތާހިރު، ޤައުމީ ޖޯޝްގައި މަސައްކަތްކުރާ ރައްޔިތުންތަކެއް ދިރިއުޅޭ އަމާން ރަށްތަކެކެވެ. މި އަތޮޅުގައި 4 ރިސޯޓް ތަރައްގީ ކުރެވިފައިވެއެވެ.

اترك تعليقاً

لن يتم نشر عنوان بريدك الإلكتروني. الحقول الإلزامية مشار إليها بـ *