الثلاثاء , 27 يوليو 2021

ހިތާއޭ

ޢާއިޝާ ނާޒް/ނ.ފޮއްދޫ

 

ހިތާއޭ މަގޭ ކީއްވެ ދުރުގައި ތިހާވީ

މިތާ އެކަނި ކޮށްފައި އެހާ ދުރު ދެތާ ވީ

ހަވީރުގެ ފިނިން ފޮޅުނު ކުލަ ރީތި މާތަށް

އަވީގައި ހިޔާނެތި މިލާ މޯޅިތާ ވީ

ހަނދާ ހަނދުވަރުގެ ރިހިއަލިން ލިބުނުފުރުޞަތު

ހަނދާނުން ފިލާގޮސް މުޅިން ފުހެވިފައި ވީ

ވިދާ ސާފުހުދު ތުނޑިމަތީގައި އުފާކޮށް

ފިދާވީ ހިތެއް ނޫންހެ ނެތިގެއްލި ބީވީ

އިރުން ދިން އެއަލިކަން ފިލާ ނެތިދިޔައިމާ

ދިރުންނެތި ޙަޔާތޭ ބަނަވެ އަނދިރިކަން ވީ

ހުރެވިދާނެތޯ ދިރި ލިބޭހާ މިވެނުން

ދެރަވެ ޙަލުގައި  ހިތް މަގޭ އަދު ފަނާވީ

ވެވޭ ފަހުސަލާމުން ތިބާޔާ އެކީވުން

ލެވޭ ފަހުގެ ނޭވާ މި އެދުމެއް ކަމަށް ވީ

اترك تعليقاً

لن يتم نشر عنوان بريدك الإلكتروني. الحقول الإلزامية مشار إليها بـ *