ފުރަތަމަ ސަފުހާ / ޚަބަރު / 2016 ވަނަ އަހަރުގެ ބީ.ޕީ.ޓީ ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުމުގެ ސުންގަޑި ފަސްކޮއްފި

2016 ވަނަ އަހަރުގެ ބީ.ޕީ.ޓީ ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުމުގެ ސުންގަޑި ފަސްކޮއްފި

2016 ވަނަ އަހަރުގެ ބީ.ޕީ.ޓީ ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުމުގެ ސުންގަޑި 16 ޖުލައި 2017 ވާ އާދިއްތަ ދުވަހުގެ ނިޔަލައް ފަސްކޮއްފިއެވެ. އަދި ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނުގެ ބޭނުމަށް ކުންފުނިތަކުގެ 2016 ވަނަ އަހަރުގެ އަހަރީ ހިސާބު ތަކާއި ، ޑައިރެކްޓަރުންގެ ރިޕޯޓާއި ، އޮޑިޓަރުންގެ ރިޕޯޓު ހުށަހަޅަންޖެހޭ ސުންގަޑިވެސް ވަނީ 16 ޖުލައި 2017 އަށް ފަސްކުރެވިފައެވެ. މީރާ އިން މިގޮތައް ނިންމަވާފައިވަނީ، އީދު ބަންދުގެ ދުވަސް ތަކުގެސަބަބުން ހުރިހާ ފަރާތްތަކަށް ލުއި ފަސޭހަ ކޮއްދެއްވައި ، އިތުރު މުއްދަތު ދިނުމުގެ ބޭނުމުގައެވެ. 

ނަމަވެސް ، 2017 ވަނަ އަހަރުގެ މޭ މަހުގެ ޖީ.އެސް.ޓީ. ބަޔާނާއި ، ގްރީން ޓެކްސް ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުމުގެ ފަހު ދުވަހަކީ 02 ޖުލައި 2017 ވަނަ ދުވަސް ކަމުގައި މިރާ އިން ވަނީ ހަމަޖައްސާފައެވެ. 

އިތުރު މައުލޫމާތު ހޯއްދެވުމަށް މީރާގެ ހޮޓްލައިން ނަމްބަރ 1415 އަށް ރަސްމީ ގަޑީގައި ގުޅުއްވުމުން ނުވަތަ އީމެއިލް ކުރެއްވުމުން ލިބި ވަޑައިގަންނަވާނެއެވެ.

2 ކޮމެންޓު

  1. އިއްސޭ

    ޝުކުރިއްޔާ މީރާ، ވިޔަފާރިވެންގެ ލުޔައް ވިސްނާކަން ރަނގަޅު.

  2. ހާޝިމް

    ޖޫރިމަނާ މާފްކުރުމުގެ ފަހުދުވަސްވެސް ލަސްކުރުން ވަރައް މުހިއްމު. އެ ތާރީހުވެސް ބަދަލު ކުރާނެކަމަށް ހީކުރަން

ކޮމެންޓު ލިޔުއްވާ

ބޭނުން ވާ މައުލޫމާތު *