ފުރަތަމަ ސަފުހާ / ޚަބަރު / ޢީދު ޗުއްޓީއަށްފަހު ސްކޫލްތަކާއި އޮފީސްތައް ހުޅުވައިފި
Schools Reopen after break

ޢީދު ޗުއްޓީއަށްފަހު ސްކޫލްތަކާއި އޮފީސްތައް ހުޅުވައިފި

މިއަހަރުގެ ފިޠްރު ޢީދު ޗުއްޓީއަށްފަހު ސްކޫލްތަކާއި އޮފީސްތައް މިއަދު ހުޅުވައިފިއެވެ. ފުރަތަމަ ޓާރމްގެ އިމްތިޙާނަށްފަހު ބައެއް ސްކޫލްތަކުގެ ކިޔެވުން މެދުކަނޑާލާފައިވަނިކޮށް މިނިސްޓރީ އޮފް އެޑިޔުކޭޝަނުން އަންގަވައިގެން 18 ޖޫންގައި ސްކޫލްތަކުގެ ކިޔެވުން އަލުން ކުރިޔަށް ގެންދެވުމަށްފަހު ޓާރމް ބަންދަށް ސްކޫލްތަށް 19 ޖޫން ވީ ބުރާސްފަތި ދުވަހު ދެއްވާފައެވެ. އެހެންކަމުން ދަރިވަރުންގެ ކިޔެވުން މި ފެށުނީ 13 ވަރަކަށް ދުވަހުގެ މެދުކެނޑުމަކަށްފަހުގައެވެ. އަދި އޮފީސްތައް މި ހުޅުވުނީ 22 ޖޫން އަށްފަހު މުވައްޒަފުންނަށް ކުޑަ ޗުއްޓީއެއް ލިބުމަށްފަހުގައެވެ.

މިއަދުން ފެށިގެން ސްކޫލްތަކުގެ ކިޔެވުން ކުރިޔަށްދާނެއެވެ. މިއަހަރުގެ ކިޔެވުން ނިމޭނީ 23 ނޮވެމަބރ ގައެވެ.

މިއަހަރު ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ހުރިހާފަރާތްތަކަށް އުތުރު އޮއިވަރުގެ ފަރާތުން ކާމިޔާބީއަށް އެދެމެވެ.

ކޮމެންޓު ލިޔުއްވާ

ބޭނުން ވާ މައުލޫމާތު *