ފުރަތަމަ ސަފުހާ / އަތޮޅު ތަކުން / ހއ. އަތޮޅު / ޢީދު ތަހުނިޔާ – އުތީމު އާދަމްބެ
Eid Mubarik Poem by Adam Abdul Rahman
Eid Mubarik Poem by Adam Abdul Rahman

ޢީދު ތަހުނިޔާ – އުތީމު އާދަމްބެ

ދަތުރު ރޫޙާނީ ނިމުނު އައްސޭރިއަށް ފެތުރީ ހިޔާ

ފިތުރުޢީދުގެ ހާ އުފާވެރި ރުކުރުވާ ހެޔޮ ތަހުނިޔާ 

ފަރިވިހާ މާމަލުގެ ވަސް ފަތުރާލި ޢީދީ ހުވަދުގައި 

ތަރިތަކުން ބަބުޅާ ވިދާ އަލި މަސްރަޙެއްގައި ތަހުނިޔާ

އެންމެހައި އަޙުނާއި އުޙުތުން އަރިއަހަށް މާތް މުސްލިމީ 

ދެންނެވޭ މީ ލޯބިވެތި ރާގުން މި ޢިދުގެ ތަހުނިޔާ 

ވޭތުވީ މޫސުމްގެ ބަރަކާތުން  ދިރުން އީމާނުގައި

ހޭދަވުން އެދި ކުރިމަގަށް އުއްމީދު ގައި ކީ ތަހުނިޔާ 


01 ޝައްޥާލް 1438

އާދަމް އަބްދުލް ރަޙްމާނު 

ކޮމެންޓު ލިޔުއްވާ

ބޭނުން ވާ މައުލޫމާތު *