ފުރަތަމަ ސަފުހާ / ޚަބަރު / ޕްރިންސް ހެރީ ބޭނުންވެވަޑައިގަންނަވަނީ ސާހީ ޢާއިލާއިން ބޭރަށްވަޑައިގަތުމަށް
Prince Harry

ޕްރިންސް ހެރީ ބޭނުންވެވަޑައިގަންނަވަނީ ސާހީ ޢާއިލާއިން ބޭރަށްވަޑައިގަތުމަށް

ޕްރިންސް ހެރީ އިނގިރޭސި ސާހީ ޢާއިލާގެ މެމްބަރެއްގެ ގޮތުގައި ހުންނެވުމަށް ބޭނުންވެވަޑައިނުގަންނަވައެވެ. އަދި ސާހީ ޢާއިލާއަކީ ޕްރިންސް ހެރީ ޤަބޫލުފުޅުކުރައްވާ ކަމެއްވެސް ނޫނެވެ. އެހެންކަމުން އެބޭފުޅާ ބޭނުންފުޅުވެ ވަޑައިގަންނަވަނީ ސާހީ ޢާއިލާއިން ބޭރަށް ވަޑައިގަންނަވާށެވެ.

ޕްރިންސް ހެރީގެ ލަޤަބުފުޅު ދޫކޮށްލެއްވުމަށް ވިސްނާވަޑައިގެންނެވުމަށް ނިންމަވަމުން އެންމެފަހުން ވިދާޅުވެވަޑައިގެންފައިވަނީ “މިއީ އަޅުގަނޑު އަމިއްލައަށް މަސައްކަތް ކުރެއްވުމުގެ ދައުރު” ކަމުގައެވެ.

އިނގިރޭސި ތަޚްތާއި ފަސްވަނައަށް އެންމެ ގާތް ބޭފުޅާ، ޕްރިންސް ހެރީ ޔޫކޭ ޑެއިލީ މެއިލަށް ބަސްދީގަތުން ދެއްވަމުން ވިދާޅުވީ “ސިފައިންގެ ތެރޭގައި މަސައްކަތް ކުރެއްވުމަކީ އަޅުގަނޑަށް އެކަމުން ރެކެން އޮތް އެންމެ މޮޅުގޮތް”ކަމުގައެވެ. ޝާހީ ޢާއިލާގެ މެމްބަރުންނަށްވެ ” މަޝްހޫރުކަމުގެ ބޮޅުގައި ހިމެނިވަޑައިގެން ހުންނަން ބޭނުންނުވޭ އެކަމަކު އޭގެ ބަދަލުގައި އަހަރެމެންގެ ދައުރަކަށްވާންވާނީ ރަގަޅުވުން ރަނގަޅަށް ކަންކަންކުރުން” ކަމުގައެވެ.

އުމުރުފުޅުން 32 އަހަރުގެ ހެރީ 10 އަހަރުދުވަސްވަންދެން ސިފައިންނަށް ޚިދުމަތް ކުރެއްވިއެވެ. މީގެތެރޭގައި އަފްޣާނިސްތާނުގައި ދެ ފަހަރު ޚިދުމަތްކުރައްވާފައިވެއެވެ.

އެ ބޭފުޅާ 2008 ވަނަ އަހަރު ސިފައިންގެ ތެރެއިން ދުރަށް ވަޑައިގެންނެވީ މީޑިއާއިން ޕްރިންސް ހެރީގެ ކަންކަމާއި މާބޮޑަށް އުޅެގަތުމުގެ ސަބަބުންނެވެ.

” އަޅުގަނޑަށް ވަރަށް ރުޅިއާދެވުނު، ސިފައިންގެ ތެރޭގައި ހުންނެވުމަކީ އެ ކަމުން ސަލާމަތްވުމަތް އޮތް ހަމައެކަނި މަގު. އަޅުގަނަޑަށް އިޙްސާސްކުރެއްވެނީ ޙަޤީޤަތުގައިވެސް އެއްޗެއް ޙާޞިލް ކުރެއްވޭކަން” ކޯފާ އިސްކުރައްވާ ޕްރިންސް ހެންރީ ވިދާޅުވިއެވެ. ތަފާތު މިޒާޖްގެ ތަފާތު ބެކްގްރައުންޑްގެ މީހުންނާއެކު އުޅެވުމުން އަޅުގަނޑަށް ވަރަށް ބޮޑަށް އެއްޗެހިތަކެއް އެނގިވަޑައިގެންފައިވޭ އަދި އަޅުގަނޑަށް އިޙްސާސްކުރެއްވެނީ އަޅުގަނޑަކީވެސް ޓީމްގެ ބައެއްގެގޮތުގައި” ޑެއިލީ މެއިލަށް ދެއްވި ބަސްދީގަތުމުގައި ވިދާޅުވެފައިވެއެވެ.

ހެރީ ޞަދަޤާތް ދެއްވުމާއި، ހަނގުރާމައިގައި ޒަޚަމްވެފައިވާ މީހުންނަށް އެހީވެވަޑައިގެންނެވުމާއި ސިނކުޑީގެ ބަލިމީހުންނަށް އެހީވެވަޑައިގެންނެވުމުގައި ވަރަށް ގާތްކޮށް މަސައްކަތްކުރައްވާ އުޅުއްވައެވެ.

“އަޅުގަނޑުމެން ޙަޤީޤަތުގައިވެސް މީހުންނަށް އެހީވުމާއި އަޅާލުމާއި މިކަންކަން ޚިޔާރުކުރީ އަޅުގަނޑުމެންގެ މަންމަ  އެ މަގު ދައްކަވާދެއްވާފައިވާތީވެއެވެ.” އަޅުގަނޑު ޞަދަޤާތްދިނުމާއި އަދި މީހުންނާއި ބައްދަލު ކުރަން ބޭނުންވޭ” ޕްރިންސް ހެރީ ވިދާޅުވިއެވެ.

މިދިޔަ ހަފްތާގައި ޕްރިންސް ހެރީ ނިއުސްވީކް މެގަޒިންއަށް ދެއްވި އިންޓަވިއުއެއްގައި ޝާއިޢް ކުރައްވާފައިވާގޮތުގައި، ޝާހީ ޢާއިލާގެ އެއްވެސް ބޭފުޅަކު ތަޚްތު ބޭނުންވެވަޑައެއް ނުގަންނަވައެވެ. އަހަރެމެން މިކަން ކުރަނީ އަހަރެމެންނަށްޓަކައެއް ނޫން އެކަމަކު މީހުންނަށް ރަނގަޅަކަށް” ޕްރިންސް ވިދާޅުވިއެވެ.

“ޝާހީ ޢާއިލާގެ އެއްވެސް ބޭފުޅަކު ރަސްކަލަކަށް ނުވަތަ ރާނީއަކަށް ވާން ބޭނުން ވޭބާ؟ އަޅުގަނޑަކަށް ހިއެއްނުވޭ، އެހެންނަމަވެސް އަޅުގަނޑުމެންގެ ޒިންމާތައް ރަނގަޅުވަގުތުގައި އަދާކުރާނަން”

ހެރީ ޝާހީ ޢާއިލާގެ މުސްތަޤުބަލާއިމެދު އިތުރަށް ވިދާޅުވެފައިވެއެވެ. “އަޅުގަނޑުމެން ޔަޤީންކުރަން ބޭނުން ރަސްކަން ނިމި ރަނގަޅުގޮތް ވެގެން އެ ގޮތުގައި ދާނެކަމަށް”

“އެކަމަކު ރާނީގެ ޒަޢާމަތުގައި ކަންކަން ކުރައްވަމުން ގެންދަވާގޮތުން އެކަން އެހެންވެގެންނެއް ނުދާނެ، ބަދަލުތަކާއި ޕްރެޝަރުގެ ސަބަބުން ކަންކަން ރަގަޅުވާނެ. “ކަންކަން ބަދަލުވެގެން ދަނީ ވަރަށް ހަލުވިމިނުގައި، ސަބަބަކީ ސޯޝަލް މީޑިއާ، އެހެންވީމާ އަޅުގަނޑުމެން ރަސްކަން ޒަމާނާއެއްގޮތަށް ބަދަލު ކުރުމުގައި ޝާމިލުވެގެން މިއުޅެނީ”

ޕްރިންސް ހެރީއަކީ ޕްރިންސަސް ވޭލްސް އޮފް ޑަޔާނާ އަދި އިނގިރޭސި ތަޚުތުގެ ވަލީއަޙްދު ޕްރިންސް ޗާރލްސްގެ ދެވަނަ ފިރިހެން ދަރިފުޅެވެ.

ކޮމެންޓު ލިޔުއްވާ

ބޭނުން ވާ މައުލޫމާތު *