ފުރަތަމަ ސަފުހާ / ޚަބަރު / ދެ ޖަރުމަނު އެއްކޮށްލެއްވި ހިއްވަރުގަދަ ޗާންސެލަރ ހެލްމަޓް ކޯލް އަވަހާރަވެއްޖެ

ދެ ޖަރުމަނު އެއްކޮށްލެއްވި ހިއްވަރުގަދަ ޗާންސެލަރ ހެލްމަޓް ކޯލް އަވަހާރަވެއްޖެ

ދެ ޖަރުމަނު އެއްކޮށްލެއްވި, އަދި ޔޫރޯ ޒޯން އުފެއްދެވި ޖަރުމަނުވިލާތުގެ ކުރީގެ މުސްތަޝާރު ހެލްމަޓް ކޯލް, ޢުމުރުފުޅުން 87 އަހަރުގައި އަވަހާރަވެއްޖެއެވެ. ޖަރުމަނުގެ ބިލްޑް ނޫހުން ޚަބަރުދޭ ގޮތުގައި އޭނާ އަވަހާރަވީ އޭނާ އުފަންވެ ވަޑައިގެންނެވި ރަށް ކަމުގައިވާ ލުޑްވިސާފެންގައި ހުންނަ އޭނާގެ އަމިއްލަފުޅު ގޭގައި ހުކުރު ދުވަހުގައެވެ.

ކޯލްއަކީ ޔޫރަޕްގެ ސިޔާސީ މަސްރަހުގައި ދެވަނައެއްނެތްފަދަ ވަރުގަދަ ޝަހުޝިއްޔަތެކެވެ. އަދި ވިހިވަނަ ޤަރުނުގެ ފަހުބައިގައި ޖަރުމަންގެ ޗާންސެލަރގެ ގޮތުގައި 16 އަހަރުގެ ދިގު ރެކޯރޑެއް 1982 އިން 1998 އަށް ކުރައްވާފައިވާ ބޭފުޅުކެވެ.

އެންޖެލަރ މަރކަލް ވިދާޅުވާގޮތުގައި، އެ ކަމަނާގެ މެންޓަރ ހޯލްއަކީ “އެންމެ ރަގަޅު ވަގުތުގައި ހުރި އެންމެ ރަގަޅު މީހާ” ތާރީޚީގޮތުން ލިބުނު ފުރުޞަތު ބޭނުންކުރައްވާ ޔޫރަޕް ބައިބައިވުމުން ސަލާމަތްކުރެއްވި ބޭފުޅާއެވެ.

“ބޮޑު ޖަރުމަން އަދި ބޮޑު ޔޫރަޕް” އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިޔޫ ބުޝް ބަޔާންކުރައްވާގޮތުގައި “ހަޤީޤީ މިނިވަންކަމުގެ އެކުވެރިޔާ އަދި އަހަރެން ދެކޭގޮތުގައި ކޯލްއަކީ ޔޫރަޕްގެ ހަގުރާމައަށްފަހު އުފެދުނު އެންމެ ބޮޑެތި ލީޑަރުންގެ ތެރެއިން އެއް ލީޑަރު” ފޮރިން މިނިސްޓަރ ޒިގްމާރ ގަރބްރިއެލް ވިދާޅުވިއެވެ.

ޔޫރަޕިއަން ކައުންސިލްގެ ރައީސް ޖީން ކްލައުޑް ޖަންކާގެ ޓްވީޓަރގައި ވިދާޅުވެފައިވަނީ ” ހެލްމެޓްގެ މަރުގެ ސަބަބުން އަޅުގަނޑުގެ ހިތަށް ވަރަށް ފުން އަސަރެއްކުރި, އަޅުގަނޑުގެ މެންޓަރ، އަޅުގަނޑުގެ އެކުވެރިޔާ، ޔޫރަޕްގެ އެންމެ މުހިއްމު ބޭފުޅާ އެ ގެއްލުނީ، ވަރަށް ބޮޑަށް ގެއްލުނީ”

ފްރާންސްގެ ރައީސް ފްރެންސިސްކޯ މިޓަރޯންނާއި ކޯލް، ވާޑްންގެ  ޑޯއުމަންޓް ސަހަރާގައި ޖަރުމަނާއި – ފްރާންސްގެ ގުޅުން ރަމްޒުކޮއްދިނުމަށްޓަކައި ފޮޓޯއަކަށް ހުއްޓިވަޑައިގެން، އެތަށް އަހަރަކަށް ދެ ގައުމުގެމެދުގައި ނުރައްކާތެރި ހަނގުރާމަަވަނީވެވިފައި.

މި ހުއްޓިވަޑައިގެންނެވުން ޚާއްޞަވަނީ ދެވަނަ ބޮޑު ހަނގުރާމައިގައި މިޓްރޯން ވަރޑަންގައި ޒަޚަމްވެ ވަޑައިގެންނެވިއިރުު ކޯލްގެ ބޭބެވަނީ މި ހަނގުރާމައިގާ ގެއްލިފައެވެ.

ޖުލައި 1990 ގައި ކޯލް ރަޝިޔާގެ ރައީސް މިޚާއިލް ގަރްބަޗޯފްއާއެކު ހުޅަނގު ޖަރުމަން ނޭޓޯގެ މެމްބަރެއްގެ ގޮތުގައި އޮތުމަށާއި ސޯވިއެޓް ޔުނިއަންގެ ސިފައިން ފޭބުމަށާއި ކޯލްއަށް ޖާގަ ދިނުމަށާއި ފިނި ހަނގުރާމައިގެ ނިމުމަކަށް ގެނައުމަށް އެއްބަސްވުމަކަށް އާދެވިފައިވެއެވެ.  

ދެ ޖަރުމަން އެއްކޮށްލުމަށްފަހު ފިނި ހަނގުރާމައިގާ ޖަރުމަނުގެ ބާރުގަދަކޮށް އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު މާގްރެޓް ތެޗަރއާއެކު ކޯލް ގުޅުން ބަދަހި ކުރައްވާފައިއެވެ.  

ޔޫރަޕްގެ ފައިސާގެ ނިޒާމަށް ބޮޑު ބަދަލެއް ގެންނެވުމަށްޓަކައި، ޔޫރޯ ފައިސާ ތަޢާރަފްކޮށް މިކަމަކީ ޔޫރަޕްގެ ގުޅުމާއި ހަމަޖެހުމާއި ކުރިއެރުމަށް އޮތް މަގެއްކަމަށް ވިދާޅުވެ މީހުންނަށް ވިސްނައިދީ ޖަރުމަނުގެ މަޤްބޫލްކަން ހޯއްދަވާފައިވެއެވެ.

ކޯލް ބަލިވެވަޑައިގެންނެވީ 1998ގެ އިންތިޚާބުގައި ، ގެހަރޑް ޝޯޑަރ އާއި ވާދަކުރައްވައި ނެންގެވި ވޯޓުގައި، އޭރު ޔޫރަޕްގެ ލީޑަރުންވަނީ ޔޫރޯ ޒޯން އުފެއްދުމުގެ އެއްބަސްވުމަކަށް އާދެވިފައެވެ. އެއީ ކޯލްގެ އޮފީސް ދޫކޮށްލެއްވުުގެ ދޮޅުއަހަރުކުރިންނެވެ.

ކޯލް ސިޔާސީ މައިދާނުން ވަކިވެ ވަޑައިގެންނެވީ 2008 ގައެވެ. އޭރު ކޯލަށްވަނީ ވާހަކަ ދެއްކުމުގެ ނުކުޅެދުންތެރިކަމާ ކުރިމަތިވެ ވަޑައިގެން، ފްރޮޅުލީ ގޮޑީގެ އެހީތެރިކަމާއި އެކު އުޅުއްވަން ޖެހިވަޑައިގެންފައެވެ.

މި އަހަރު ކުރީކޮޅު ހުއްދަނޫން ބައިގްރޮފީއެއް ޝާއިޢްކުރުމާއި ގުޅިގެން ފަޑިޔާރުންވަނީ ޖަރުމަނުގެ ކުރީގެ ޗާންސެލަރ އަށް ލިބުނު ގެއްލުމުގެ ބަދަލުގައި، އެއް މިލިއަން ޔޫރޯ އަރުވާފައެވެ.

ކޮމެންޓު ލިޔުއްވާ

ބޭނުން ވާ މައުލޫމާތު *