ފުރަތަމަ ސަފުހާ / ވިޔަފާރި / ނަމޫނާ ލިޔުން – މުދާ މަދުވެގެން ބޮޑު އަގުގައި ވިއްކާ ނަމަ ގާނޫނީ ފިޔަވަޅު އަޅާނަން: އިކޮނޮމިކް މިނިސްޓްރީ

ނަމޫނާ ލިޔުން – މުދާ މަދުވެގެން ބޮޑު އަގުގައި ވިއްކާ ނަމަ ގާނޫނީ ފިޔަވަޅު އަޅާނަން: އިކޮނޮމިކް މިނިސްޓްރީ

ކުރިއަށް އޮތް ރަމަޟާން މަސް ތެރޭގައި ވިޔަފާރިވެރިން ތަކެތި ވިއްކާ އިރު ސްޓޮކްގައި ހުންނަ މުދާ މަދުވުމުން، ބޮޑު އަގުގައި ތަކެތި ވިއްކާ ނަމަ މިފަހަރު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުލޫމާތު ދެއްވަމުން ޑެޕިއުޓީ މިނިސްޓަރު އަބްދޫﷲ މުހައްމަދު ވިދާޅުވީ ރޯދަމަހާ ދިމާކޮށް އަދި ރޯދަމަސް ތެރޭގައި ވިޔަފާރިވެރިން މުދާ ވިއްކާ އަގު ބޮޑު ކުރާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. ބޮޑު އަގުގައި ގިނަ ފަހަރު ވިއްކަނީ ސްޓޮކްގައި ހުންނަ މުދާ މަދުވުމުން ކަމަށާއި މިއަހަރުގެ ރޯދަމަހުގެ ތެރޭގައި އެގޮތަށް ބޮޑު އަގުގައި މުދާ ވިއްކާ ނަމަ ގާނޫނީ ފިޔަވަޅު އެޅުމުގެ ބާރުގެ މިނިސްޓްރީއަށް ލިބިގެންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

“ވިޔަފާރިވެރިންނަށް އަޅުގަނޑުމެން އިލްތިމާސްކުރަން. ތަކެތި ބޭނުންކުރާ މިންވަރު އިތުރުވެގެން އަގަށް ބަދަލު ނުގެންނަވާށޭ. އަޅުގަނޑުމެންނަށް ފާހަގަކުރެވުނު މިދިޔަ ރޯދަމަހު އެއް ދުވަހަށް ފިޔައަށް ތިން އަގެއް އައި. ބާރަ ރުފިޔާ އަށް ހެނދުނު ކިލޯއެއް ހުރެފައި މެންދުރު 20 ރުފިޔާ އަށް އަރާފައި ރޭގަނޑު ހުރީ 40 ރުފިޔާއަށް. އެއީ އެއް ގޮތަކަށް ވެސް ފިޔާ ގެންނަ ގައުމުތަކުން އަގު ބޮޑުވެގެން ނުވަތަ ތިން ބޯޓު ތިން ގަޑިއެއްގައި ޖައްސައިގެން ވީ ކަމެއް ނޫން. އެއީ ބާޒާރުން މުދާ މަދުވީމާ އައި އަގެއް. އެހެން ނަހައްދަވާށޭ. އެހެން ހައްދަވާ ކަމަށް ވަންޏާ ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން އެކަން ހައްލު ކުރުމަށް ޓަކައި ކުރަން ޖެހޭ ހުރިހާ ކަމެއް ކުރާނަން،” އަބްދުﷲ ވިދާޅުވި އެވެ.

އޭގެ އިތުރުން އޭނާ ވިދާޅުވީ، މިއަހަރުގެ ރޯދަމަހުގައި ވެސް ކޮންމެ ދުވަހަކު ބާޒާރުގެ އަގުތައް ރިވިއު ކުރާނެ ކަމަށެވެ. އަދި ކޮންމެ ދުވަހެއްގެ 12:30ގައި ބާޒާރުގެ އަގުތައް މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކުރަން ހަމަޖައްސާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މީޑިއާތަކާއި ފެރީ ޓާމިނަލްތައް އަދި އިލެކްޓްރޯނިކް ބިލްބޯޑުތައް މެދުވެރިކޮށް އެ އަގުތައް އާންމު ކުރުމަށް މިނިސްޓްރީން ވަނީ ހަމަޖައްސާފަ އެވެ.

“ވަރަށް ބޮޑަށް އިލްތިމާސްކުރަން މިގޮތަށް ބޭނުން ކުރާ އަދަދު އިތުރުވެގެން ނުވަތަ މިންވަރު އިތުރުން ވެގެން އަގުތައް ބަދަލު ނުކުރުމަށް. އަގުތައް އަތް ނުފޯރާ ހަމައަށް ދާ ކަމަށްވަންޏާ ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން ފިޔަވަޅު އަޅާނަމޭ،” އަބްދުﷲ ވިދާޅުވި އެވެ.

އަބްދުﷲ ވިދާޅުވީ ރޯދަމަހާ ދިމާކޮށް ފިހާރަތަކުން ދުވާރު މައްޗާއި މަގުމަތީގައި ގިނަ އަދަދަކަށް މުދާ ބަހައްޓާފައި ހުންނަ ކަން ފާހަގަ ކުރެވޭ ކަމަށެވެ. އެކަންކަން ހައްލު ކުރުމަށް ފުލުހުންނާ ގުޅިގެން މިނިސްޓްރީން މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓު ލިޔުއްވާ

ބޭނުން ވާ މައުލޫމާތު *