ފުރަތަމަ ސަފުހާ / ޚަބަރު / މައިކްރޮސޮފްޓް އޮފީސް ފުރަތަމަ ފަހަރަށް ވިންޑޯސް ސްޓޯގައި

މައިކްރޮސޮފްޓް އޮފީސް ފުރަތަމަ ފަހަރަށް ވިންޑޯސް ސްޓޯގައި

މައިކްރޯސޮފްޓުން ފުރަތަމަ ފަހަރަށް ” މައިކްރޯސޮފްޓް އޮފީސް އެޕްލިކޭޝަން” ވިންޑޯސް ސްޓޯގައި ތަޢާރަފުކޮށްފިއެވެ. މިއެޕްލިކޭޝަން ތަޢާރަފުކުރުމުގެ ކުރިން މައިކްރޯސޮފްޓުންވަނީ “މައިކްރޯސޮފްޓް ސާފޭސް ލެޕްޓޮޕް” އަދި “ސާފޭސް ޕްރޯ ޓޭބްލެޓް” ބާޒާރަށް ނެރިފައެވެ.

“މައިކްރޯސޮފްޓް އޮފީސް އެޕްލިކޭޝަން” މިވަގުތު ބޭނުން ކުރެވޭނީ ހަމައެކަނި “ވިންޑޯސް 10 އެސް” އޮޕަރޭޓިން ސިސްޓަމުގައެވެ. މި އޮޕަރޭޓިން ސިސްޓަމުގައި ބޭނުން ކުރެވޭނީ ހަމައެކަނި މައިކްރޯސޮފްޓްގެ ރަސްމީ ވެބްސައިޓްގައިވާ ސޮފްޓުވެއާތަށްކަން ފާހަގަކުރަމެވެ. މީގެ އިތުރުން “މައިކްރޯސޮފްޓް ސާފޭސް ލެޕްޓޮޕް” އިތުރުން 10 އެސް އޮޕަރޭޓިން ސިސްޓަމް އެކުލެވޭ ވިންޑޯސްގެ އެހެން ވަސީލަތްތަކާއެކު އެއް އަހަރުގެ “އޮފީސް 365 ޕާރސެނަލް” އެޕްލިކޭޝަން ހިލޭ ދިނުމަށް މައިކްރޯސޮފްޓުންވަނީ ނިންމާފައެވެ.  

މައިކްރޯސޮފްޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ “މައިކްރޯސޮފްޓް އޮފީސް އެޕްލިކޭޝަން” މިވަގުތު ނެރެފައިވަނީ އޭގެ މައްސަލަތައް ދެނެގަނެ އިތުރަށް ތަރައްޤީ ކުރުމަށްޓަކައެވެ. އެހެންނަމަވެސް ވަކި ތާރީހެއް ބަޔާންކޮށްފައި ނުވިކަމަކު، މިއަހަރު ނިމޭކޮޅު ވިންޑޯސް ސްޓޯގައި މިއެޕްލިކޭޝަން ގަންނަން ލިބެންހުނާނެއެވެ.

ކޮމެންޓު ލިޔުއްވާ

ބޭނުން ވާ މައުލޫމާތު *