ފުރަތަމަ ސަފުހާ / އަތޮޅު ތަކުން / ހދ. އަތޮޅު / ނަމޫނާ ލިޔުން – އޭލެވެލް ކިޔަވައިދޭ ހުރިހާ ސްކޫލެއްގައި ބީޓެކް ތައާރަފްކުރަނީ

ނަމޫނާ ލިޔުން – އޭލެވެލް ކިޔަވައިދޭ ހުރިހާ ސްކޫލެއްގައި ބީޓެކް ތައާރަފްކުރަނީ

އޭލެވެލް އަށް ކިޔަވައިދޭ ހުރިހާ ސްކޫލެއްގައި އަންނަ އަހަރު ބީޓެކް އޭލެވެލް ތައާރަފްކުރާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ރޭ ވިދާޅުވެއްޖެ އެވެ.

މިދިޔަ އަހަރުގެ އޭލެވެލް އިމްތިހާނުގެ ގަދަ 10 ދަރިވަރުންނަށް އިނާމު ދިނުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ސްކޫލު ނިމިގެން މުޖުތަމައަށް ނުކުންނަ އިރު ފަންނީ ރޮނގުން ވެސް ދަރިވަރުންނަށް ތަމްރީނު ދިނުމަކީ އަމާޒެއް ކަމަށެވެ. އޭގެ ތެރެ އިން މިހާރު ވެސް އައްޑޫ ހައި ސްކޫލުގައި ބީޓެކް އޭ ލެވެލް ތައާރަފް ކޮށްފައިވާ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

“ދެ ހާސް ސަތާރައިގައި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ޖީސީއީ އޭ ލެވެލްއާ އެކުގައި ބީޓެކް އޭ ލެވެލް ވެސް ތައާރަފްކުރެވޭނެ. މިކަމުގެ ސަބަބުން ރައީސް ޔާމީންގެ ސަރުކާރުން އެންމެ ކުއްޖަކު ވެސް ބާކީ ނުކޮށް، ހުރިހާ ކުދިންނަށް ވެސް މަތީ ތައުލީމާއި ތަމްރީނުގެ ފުރުސަތު ފަހިކޮށްދިނުމަށް މަގު ފަހިވެގެންދާނެ،” މިނިސްޓަރު ވިދާޅުވި އެވެ.

މިދިޔަ އަހަރު ރާއްޖޭގެ 53 ސްކޫލެއްގައި އޭ ލެވެލް އަށް ކިޔަވައިދީފައި ވެ އެވެ. އޭގެ ތެރެއިން 48 ސެންޓަރަކުން 2120 ދަރިވަރުން އޭ ލެވެލް ހެދި އެވެ. އަދި ރާއްޖޭގެ 20 ސްކޫލަކުން ޖުމްލަ 228 ދަރިވަރުން ގަދަ ދިހެއްގައި ހިމެނުނެވެ.

ފަސް މާއްދާ އިން އޭ ފާސް ހޯދައިގެން 28 ދަރިވަރަކު އެއް ވަނަ ހޯދިއިރު އޭގެ ތެރެއިން 25 ދަރިވަރުންނަކީ ސީއެޗްއެސްއީގެ ދަރިވަރުންކަން ވެސް ފާހަގަކުރެވެ އެވެ.

ބީޓެކަކީ ރާއްޖޭގެ ހަތަރު ވަނަ ސްޓްރީމްގެ ގޮތުގައި 2014 ވަނަ އަހަރު ތައާރަފްކޮށްފައިވާ ސްޓްރީމެކެވެ. އެއިން ތަފާތު ތަމްރީނުތަކާއި ވަޒީފާގެ ތަޖުރިބާ ކުރަން ފުރުސަތު ދޭނެ އެވެ. ރާއްޖޭގެ 154 ސްކޫލެއްގައި 2055 ދަރިވަރުން އަންނަނީ ބީޓެކް ކިޔަވަަމުންނެވެ.

ކޮމެންޓު ލިޔުއްވާ

ބޭނުން ވާ މައުލޫމާތު *