ފުރަތަމަ ސަފުހާ / ޚަބަރު / ކުދި ވިޔަފާރިތަކުގެ ޖޫރިމަނާ މަޢާފްކޮށްދިނުމަށް ހުޅުވާލެވުނު ފުރުސަތުގެ މުއްދަތު ހަމަވަނީ

ކުދި ވިޔަފާރިތަކުގެ ޖޫރިމަނާ މަޢާފްކޮށްދިނުމަށް ހުޅުވާލެވުނު ފުރުސަތުގެ މުއްދަތު ހަމަވަނީ

މިއުސޫލަކީ ކުދި ވިޔަފާރިތަކަށް ލުއިދިނުމުގެ ގޮތުން 10 މިލިއަނަށްވުރެ މަދުން އަހަރެއްގެތެރޭގައި ޢާމްދަނީލިބޭ ފަރާތްތަކުގެ ޖޫރިމަނާ މަޢާފުކޮށްދިނުމުގައި އަމަލުކުރާ ޚާއްސަ އުސޫލެކެވެ. ޖޫރިމަނާ މަޢާފުކޮށްދިނުމަށް އެދުމުގެ އެންމެ ފަހު ތާރީޙަކީ 30 ޖޫން 2017 އެވެ. އަދި ހުށަހަޅަން ޖެހެނީ 910 ނަމްބަރު ފޯމެވެ. ނަމަވެސް މި ޖޫން މަހުގެ ފަހު ހަފުތާއަކީ ސަރުކާރު ބަންދު ހަފުތާއެއްކަމަށް ވުމުން ފޯމް ހުށަހެޅުމުގެ އަމަލީ ފަހު ތާރީޙަކީ 22 ޖުން 2017 ކަމަށް ބެލެވެއެވެ. 

މީރާއިން ހުޅުވާލައިފާވާ މި ފުރުސަތުގެ ބޭނުން ވަރަށް ގިނަ ފަރާތް ތަކުން ހިފަމުން އެބަގެންދެއެވެ. ޖޫރިމަނާ މައާފްކުރުމާ ބެހޭ ނިންމުންތަށް ނިންމަމުންދަނީ “ފައިން ރިލީފް ކޮމިޓީ”އިންނެވެ. 

މީރާއިން ބަޔާންކޮށްފައިވާ ގޮތުން، މިއުސޫލްގެ ދަށުން މަޢާފުކޮށްދެވެނީ ވިޔަފާރި ފައިދާއިން ނެގޭ ޓެކްސް އާއި މުދަލާއި ޚިދުމަތުގެ އަގުން ނެގޭ ޓެކްސްއާއި ގުޅިގެން ހުށަހަޅަންޖެހޭ ޓެކްސް ބަޔާނާއި ދައްކަންޖެހޭ ފައިސާއާއި ގުޅޭގޮތުން ވެފައިވާ ޖޫރިމަނާއެވެ. މިގޮތުން މަޢާފުކޮއްދެނީ 31 މާރޗް 2017 ގެ ނިޔަލަށް އަދާކުރަންޖެހޭ އެންމެހައި އިލްތިޒާމުތަކާއި ގުޅޭ ޖޫރިމަނާއެވެ.

މީރާއިން ބަޔާންކޮށްފައިވާ ގޮތުން، ޖޫރިމަނާ މަޢާފުކޮށްދެވެނީ ތިރީގައި ބަޔާންކޮށްފައިވާ ޝަރުތުތަށް ފުރިހަމަވާ ފަރާތްތަކަށެވެ.

  1. ހުށަހަޅަން ޖެހޭ އެންމެހައި ޓެކްސް ބަޔާންތަކެއް ހުށަހަޅާފައިވުން. 
  2. މާފު ކޮށްދިނުމަށް އެދޭ ޖޫރިމަނާ ފިޔަވައި އެފަރާތަކުން ދައްކަންޖެހޭ އެންމެހައި ފައިސާ ދައްކާފައިވުން ނުވަތަ ފައިސާ ދެއްކުމުގެ އެއްބަސްވުމަކަށް އައިސްފައިވުން.
  3. ކޯޓުން ހުކުމެއް ކޮށްފައިވާ މައްސަލައަކާއި ގުޅޭ ޖޫރިމަނާ އަކަށް ނުވުން.
  4. ތަހުގީގަކާއި ގުޅޭ ޖޫރިމަނާއަކަށް ނުވުން.
  5. ޓެކުހާއި ގުޅިގެން އަދާކުރަންޖެހޭ އިލްތިޒާމުތައް އަދާކުރުމުގައި ތަކުރާރުކޮށް އިހުމާލުވެ، މަކަރުހަދާ ފަރާތެއްގެ ގޮތުގައި މީރާއަށް ފާހަގަކުރެވިފައިވާ ފަރާތެއްކަމުގައި ނުވުން.

 

 މީރާއިން ހުޅުވާލާފައިވާ މިފުރުސަތުގެ ބޭނުންހިފައި، ވިޔަފާތަށް ކުރިއަރައިގެން ދިޔުމަކީ ގައުމުގެ އިގްތިސާދަށް ކުރިއެރުންތަކެއް ލިބޭނެމަކެވެ.

ކޮމެންޓު ލިޔުއްވާ

ބޭނުން ވާ މައުލޫމާތު *