ފުރަތަމަ ސަފުހާ / ސިޔާސީ / ނަމޫނާ ލިޔުން – ކިތަންމެ ވަރަކަށް އުޅުނަސް އިދިކޮޅު ފަރާތްތަކާ ޑީލެއް ނަހަދާނަން: އަބްދުއްރަހީމް

ނަމޫނާ ލިޔުން – ކިތަންމެ ވަރަކަށް އުޅުނަސް އިދިކޮޅު ފަރާތްތަކާ ޑީލެއް ނަހަދާނަން: އަބްދުއްރަހީމް

އިދިކޮޅު ފަރާތްތަކުން ސަރުކާރާ ‘ޑީލު’ ހަދަން ކިތަންމެ މަސައްކަތެއް ކުރިޔަސް، އެކަން ސަރުކާރުން ނުކުރާނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ފަރާތްތަކަށް ފާޑުވިދާޅުވެ އަބްދުއްރަހީމް މިރޭ ވަނީ އޭނާގެ އަތުގައި އަޅާފައިވާ އަނގޮޓި ނަންގަވައި، އެ އަނގޮޓި ގަނެލާނެ ފެންވަރު ވެސް އިދިކޮޅު ފަރާތްތަކުގެ ކިބައިގައި ނުހުންނާނެ ކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވާފަ އެވެ.

“ގޮތެއް ފޮތެއް ނެތް ބައެއް ކައިރިއަށް” ސަރުކާރު މަޖިލިސް މެމްބަރުން ނުދާނެ ކަމަށް ވިދާޅުވެ އަބްދުއްރަހީމް މިރޭ ވާހަކަފުޅު ދެއްކެވީ ސަރުކާރު ކޯލިޝަންގެ ޖަގަހަ ޖަލްސާގަ އެވެ.

“ކިހިނެއްހޭ މިއަދު އަޅުނގަޑުމެން ގަނެގެން ގެންދާނީ. މިހާރު އެންމެ ބާރަށް ދެކެވޭ ވާހަކައަކީ ޕީޕީއެމުން އަހުމަދު އާރިފާއި ދޮންމަނިކާއި އަބްދުއްރަހީމާއި ރިޔާޒު ރަޝީދު އެމްޑީޕީއަށް ދާން ސޮއިކޮށްގެންނޭ! އަޅުނގަޑު ދަންނަވާލަން ބޭނުން ވަނީ އަޅުނގަޑުގެ އަތުގަ މި އޮތް ގަޑި ކީއްކުރަންތޯއޭ އަނގޮޓި ގަނެލާނެ ފެންވަރު ވެސް އިދިކޮޅު ފަރާތްތަކުގެ ނުހުންނާނޭ،” ފޮނަދޫ ދާއިރާގެ މަޖިލިސް މެމްބަރުކަން ވެސް ކުރައްވާ އަބްދުއްރަހީމް ވިދާޅުވި އެވެ.

އެމްޑީއޭ ޖަގަހައިގައި ކުރިއަށް ދިޔަ އެ ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވީ ޑީލް ހަދައިގެން ފަޅު ރަށެއް އަދި ގޯއްޗެއް ވެސް އިދިކޮޅު ފަރާތްތަކަށް ނުލިބޭނެ ކަަމަށާއި ސަރުކާރުން އަމަލު ކުރާނީ ގާނޫނުތަކާ އެއްގޮތަށް ކަމަށެވެ.

“ފަޅު ރަށެއްވެސް ނުލިބޭނެ. ގޯއްޗެއް ވެސް ނުލިބޭނެ. ރިސޯޓެއް ވެސް ނުލިބޭނެ. ހަމަ ލިބޭނީ މިގައުމުގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ނޫނީ އެއްކަމެއް ވެސް ނުވާނެ. ކިތަންމެ ވަރަކަށް އުޅުނަސް އަޅުނގަޑުމެންނަކާ ޑީލެއް ނެހެދޭނެ،” އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ރައީސް ނަޝީދުގެ އިތުރުން ގާސިމް އިބްރާހިމް ވަޑައިގަތަސް ބަލިކުރައްވާނެ ކަމަށާއި ބިރު ގަންނަ ސިޔާސީ ބޭފުޅަކު ނެތް ކަމަށެވެ.

މިރޭގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައްޔިތުން މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވެސް ވަނީ އިދިކޮޅު ކޯލިޝަންގައި ތިބީ ގަނެލެވޭނެ ބޭފުޅުން ކަމަށް ވިދާޅުވެ، އިދިކޮޅު ކޯލިޝަނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

އެގޮތުން އިދިކޮޅު ކޯލިޝަންގައި ތިބީ އިހުލާސްތެރި ބައެއް ނޫންކަން ފާހަގަކުރައްވައި ފަލާހް ވިދާޅުވީ، “ނަނު އެއްލައިފިއްޔާ ނުގަންނާނެ އެއްވެސް ބޭފުޅަކު އެތަނުގައި ނެތް” ކަމަށެވެ. އަދި ވިދާޅުވީ ޕީޕީއެމްގެ މަޖިލިސް މެމްބަރުންނަކީ ވިކޭނެ ބައެއް ނޫން ކަމަށާއި އެ އަށްވުރެ ރައީސް ޔާމީނަށާއި ސަރުކާރަށް މެމްބަރުން ކިޔަމަންތެރިވާނެ ކަމަށެވެ.

ކޮމެންޓު ލިޔުއްވާ

ބޭނުން ވާ މައުލޫމާތު *