ފުރަތަމަ ސަފުހާ / އަތޮޅު ތަކުން / ހއ. އަތޮޅު / ނަމޫނާ ލިޔުން – ބްރިޖުގެ ހޮޅިތައް ބަހައްޓައިގެން ފަރަށް މާ ބޮޑު ގެއްލުމެއް ނުލިބޭނެ: އީއައިއޭ

ނަމޫނާ ލިޔުން – ބްރިޖުގެ ހޮޅިތައް ބަހައްޓައިގެން ފަރަށް މާ ބޮޑު ގެއްލުމެއް ނުލިބޭނެ: އީއައިއޭ

މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖުގެ މަސައްކަތުގައި ބޭނުން ކުރާ ދަގަނޑު ހޮޅިތައް ފަރުމަތީގައި ބަހައްޓައިގެން ފަރަށާއި އެ ތަނުގެ ދިރުމަށް މާ ބޮޑު ގެއްލުމެއް ނުލިބޭނެ ކަމަށް އީއައިއޭ އިން ދައްކައިފި އެވެ.

ބްރިޖުގެ ތަނބުތައް ޖެހުމުގެ ކުރިން ބިމަށް ފައްތާ ދަގަނޑު ހޮޅިތައް ބަހައްޓާފައި ހުރީ ގުޅީފަޅު ފަރުމަތީގަ އެވެ. އޭގެ ތެރޭގައި 15 ސްޓީލް ކޭސިން އާއި 16 ހޮޅި ހިމެނެ އެވެ. އެ ތަކެތި ފަރުމަތީގައި ބަހައްޓާފައި ހުރުމުން ތިމާވެށި ހިމާޔަތްކުރަން މަސައްކަތް ކުރާ ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެކަމާ ގުޅިގެން ހެދި އީއައިއޭ ރިޕޯޓުގައިވާ ގޮތުން ހޮޅިތައް ހުރީ މުރަކަ އަށް ވުރެ، ގާ ގިނަ ތަނެއްގަ އެވެ. އެ ތަނުގައި ދިރޭ މުރަކަ ހުރި ނިސްބަތް 10 ޕަސެންޓުގައި އުޅޭއިރު، އެއީ ނިސްބަތުން މަދު އަދަދެއް ކަމުން ހޮޅިތައް ބެހެއްޓުމުން ލިބޭ ގެއްލުން ކުޑަވާނެ ކަމަށް އެ ރިޕޯޓުގައިވެ އެވެ. އެކަމަކު ހޮޅިތަކުގެ ހިޔަނި އެޅި، އަވި ނުލިބުމުގެ ސަބަބުން ދިރޭ މުރަކައިގެ ބައެއް މަރު ވެދާނެ ކަމުގެ އިންޒާރު ދީފައިވެ އެވެ.

މީގެ އިތުރުން ފަރަށް ލިބި ދާނެ ގެއްލުންތަކުގެ ތެރޭގައި ފާހަގަކޮށްފައި ވަނީ ބާޖު ފަދަ ބޮޑެތި އުޅަނދު ފަރާ ކައިިރި ކުރަން ޖެހުމާއި ފަރަށް ތެޔޮ އެޅުމާއި އެ ނޫން ވެސް އެ މާހައުލު ތަޣައްޔަރު ވެދާނެ ފަދަ ކަންކަމެވެ. އެ ގެއްލުންތައް ކުޑަކުރަން ހުށަހަޅާފައިވާ ކަންތައްތަކުގެ ތެރޭގައި ގާބިލް މީހުން ލައްވާ ނޫނީ ހޮޅިތައް ފަރަށް ބޭލުމާއި ގެންދިއުމުގެ މަސައްކަތް ނުކުރުމާއި ވީހާވެސް އަވަހަކަށް އެކަން ކޮށް ނިންމުން އަދި މޫސުން ރަނގަޅު، ކަނޑު މަޑު ދުވަސް ދުވަހު އެކަނި އެ މަސައްކަތް ކުރުން ހިމެނެ އެވެ.

ގުޅީފަޅު ފަރު ނޫން ތަނެއްގައި ހޮޅިތައް ބަހައްޓައިގެން އެ އަށް ވުރެ ވެސް ގެއްލުން ކުޑަކުރެވިދާނެތޯ އީއައިއޭ ހެދި ސީޑީއީ ކޮންސަލްޓިން އިން ބަލާފައިވެ އެވެ. ހުޅުމާލެ، ހުޅުލެ އަދި ތިލަފުށި ފަރު ބެލިއިރު ފާހަގަކުރެވުނީ، އީއައިއޭގައި ވާ ގޮތުން، ހުޅުމާލެ އާއި ހުޅުލެ ފަރުގައި މުރަކަ އާއި އެ ނޫން ވެސް ދިރޭ އެއްޗެހި ނިސްބަތުން ގިނަ ކަމެވެ. އެހެންވެ، އެ ދެ ފަރުގައި ހޮޅިތައް ނުބަހައްޓަން ލަފާ ދީފައިވެ އެވެ. ތިލަފުށި ފަރުގައި ހޮޅިތައް ބަހައްޓައިގެން ފަރަށް މާ ބޮޑު ގެއްލުމެއް ނުލިބޭނެ ކަމަށް ދެއްކިއަސް، އެ ތަނަށް ވުރެ ގުޅީފަޅު ބްރިޖު އަޅާ ސަރަހައްދާ ކައިރިކަން ފާހަގަކޮށްފައިވެ އެވެ.

“އެހެންވެ، [ހޮޅިތައް ބަހައްޓަން] އެންމެ ރަނގަޅު ކަމަށް ފެންނަނީ ގުޅީފަޅު ފަރެވެ،” އީއައިއޭގައިވެ އެވެ.

ހައުސިން މިނިސްޓަރުގެ ނައިބު އަބްދުﷲ މުއްތަލިބު މިއަދު “މިހާރު” އަށް ވިދާޅުވީ ހުރިހާ ހޮޅިއެއް ޖެހެންދެން އެ އެއްޗެހި ބަހައްޓާނީ ގުޅީފަޅު ފަރުގައި ކަމަށެވެ.

މިހާރު މަސައްކަތްތައް ކުރިއަށް ދާ ނިސްބަތަށް ބަލާއިރު ބްރިޖް އަޅާ ސަރަހައްދުގައި ހޮޅިތައް ޖަހަން އަހަރެއްހާ ދުވަސް ނަގާނެ އެވެ.

ކޮމެންޓު ލިޔުއްވާ

ބޭނުން ވާ މައުލޫމާތު *