ފުރަތަމަ ސަފުހާ / އަތޮޅު ތަކުން / ށ. އަތޮލޫ / ށ. އަތޮޅު މަދަރުސާ އެސެމްބްލީ އޭރިޔާގެ ކަރަންޓު ވިޔުގަ ބަދަލުކުރުން

ށ. އަތޮޅު މަދަރުސާ އެސެމްބްލީ އޭރިޔާގެ ކަރަންޓު ވިޔުގަ ބަދަލުކުރުން

ށ. އަތޮޅު މަދަރުސާ / ށ. ކަނޑިތީމު

ނަމްބަރ:GS34/2017/12

އަންދާސީ ހިސާބު ހުށައެޅުމުގެ ދަޢުވަތު

މި މަދަރުސާގެ އެސެމްބްލީ އޭރިޔާގެ ކަރަންޓު ވިއުގަ ބަދަލުކުރުމަށް ވަނީ ބޭނުންވެފައެވެ.

ވީމާ ، މި މަދަރުސާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މިމަދަރުސާގެ އެސެމްބްލީ އޭރިޔާގެ ކަރަންޓު ވިއުގަ ބަދަލުކޮށްދިނުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 19 ޖޫން 2017 ވާ ހޯމަ   ދުވަހުގެ  13:00 ގައި މިމަދަރުސާއަށް ޙާޟިރުވެ މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު 21 ޖޫން 2017 ވާ ބުދަ  ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން ޙާޟިރުވެދެއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށައަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި ” އެސެމްބްލީ އޭރިޔާގެ ކަރަންޓު ވިއުގަ ބަދަލުކުރުން ” މިހެން ލިޔެފައި އޮންނަންވާނެއެވެ.

އަދި ދަންނަވެމެވެ. 19 ޖޫން 2017 ވާ ހޯމަ  ދުވަހުގެ 13:00 ގައި އޮންނަ މަޢުލޫމާތު ދިނުމުގެ ސެޝަނަށް ޙާޟިރުވެނުލައްވާ، މަޢުލޫމާތު ކަރުދާސް ނުގެންދަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

 

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ 6540059 ނަންބަރު ފޯނާއެވެ.

އަދި އީމެއިލް ކުރައްވާނީ admin@shatollschool.edu.mv އަށެވެ.                                  

12 ޖޫން 2017

ކޮމެންޓު ލިޔުއްވާ

ބޭނުން ވާ މައުލޫމާތު *