ފުރަތަމަ ސަފުހާ / އަތޮޅު ތަކުން / ހއ. އަތޮޅު / ހއ.ބާރަށުގައި ވާރޭފެންނަގާ ރައްކާކުރާނެ ނިޒާމެއް ޤާއިމުކުރުން

ހއ.ބާރަށުގައި ވާރޭފެންނަގާ ރައްކާކުރާނެ ނިޒާމެއް ޤާއިމުކުރުން

ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ / ދިވެހިރާއްޖެ

ހއ.ބާރަށުގައި ވާރޭފެންނަގާ ރައްކާކުރާނެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

 

ހއ.ބާރަށު ކައުންސިލްގެ އިދާރާގެ ސަރަޙައްދުގައިއާއި މިހާރު ހަންތައް ބެހެއްޓިފައިވާ މަސްޖިދުލްޢަމަލު އަދި މަސްޖިދުއްސަލާޙް މިސްކިތުގައިވާރޭފެން ނަގާ ރައްކާކުރާނެ ނިޒާމު ޤާއިމުކުރުމަށް ބޭނުންވެއެވެ. ވީމާ މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދައުވަތު ހުޅުވާލަމެވެ.

ވީމާ މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 13 ޖޫން 2017 އިން 20 ޖޫން 2017 ވަނަ ދުވަހުގެ ނިޔަލަށް ރަސްމީދުވަސްތަކުގެ ހެދުނު 10:00 އާއި 11:00 އާއި ދެމެދު ބާރަށު ކައުންސިލްގެ އިދާރާއަށް އައިޑީކާޑު ހިއްޕަވައިގެން ދުރުވެ ނުވަތަ މި އިދާރާގެ ނަމްބަރު 6500172 ފޯނާ ގުޅުއްވާ ނަންނޯޓް ކުރެއްވުމުން ހިލޭ އެފަރާތްތަކަށް ބީލަންފޮތް ދޫކުރެވޭނެއެވެ.

މިމަޝްރޫއުގެ ޕްރީ ބިޑް ބައްދަލުވުން އޮންނާނީ 22 ޖޫން 2017 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ބާރަށު ކައުންސިލްގެ އިދާރާގައެވެ.
ބިޑް ހުޅުވުން އޮންނާނީ 02 ޖުލައި 2017 ވާ އާދީއްތަ ދުވަހުގެ 13:00 ގައި ބާރަށު ކައުންސިލްގެ އިދާރާގައެވެ. ބީލަންތައް ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ތިރީގައިވާ މައުލޫމާތު ލިޔެފައި ހުންނަން ވާނެއެވެ.

   ހ. “ހއ.ބާރަށުގައި ވާރޭފެން ނަގާ ރައްކާކުރާނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް”

   ށ. ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި ގުޅޭނެ ނަންބަރު

   ނ. ބީލަން ހުށަހަޅާ ތާރީޚާއި ވަގުތު

ބީލަން ފޮތުގައި ފުރިހަމަ ކުރަން ކަނޑައަޅާފައިވާ ހުރިހާ ފޯމްތައް ފުރިހަމަ ނުވާނަމަ ބިޑް ކެންސަލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ. އަދި ޕްރީ ބިޑް ބައްދަލުވުމުގައި ބައިވެރިނުވާާ ފަރާތްތަކުގެ ބިޑް ބަލައިނުގަނެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކާއި ދެންނެވީމެވެ.ބީލަންފޮތާއި ހަވާލުވުމަށާއި،ޕްރީ ބިޑް ބައްދަލުވުމަށާއި، ބިޑްު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، ބަދަލުގައި ފޮނުވި މީހެއްކަން އެނގޭނެ ލިޔުމެއް ހިފައިގެން ހާޟިރުވުން އެދެމެވެ. އަދި ޕްރީ ބިޑް ބައްދަލުވުމުގައި ބައިވެރިނުވާާ ފަރާތްތަކުގެ ބިޑް ބަލައިނުގަނެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކާއި ދެންނެވީމެވެ.

އަދި މި އިދާރާއިން ކުރި ނަމްބަރު (IUL)257/257/2017/29 (15 މެއި 2017) އިޢުލާންއާއި ގުޅިގެން އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައިނުވާތީ އެ އިޢުލާންވަނީ ބާތިލްކުރެވިފައެވެ.

13 ޖޫން 2017

ކޮމެންޓު ލިޔުއްވާ

ބޭނުން ވާ މައުލޫމާތު *